އެޕަލްގެ އައިއޯއެސް 11 އިފްތިތާޙުކޮށްފި

އެޕަލްގެ އޯޕަރޭޓިން ސިސްޓަމް ސޮފްޓުވެއާ އައިއޯއެސްގެ 11 ވަނަ ވާޝަން އިފްތިތާޙުކޮށްފި އެވެ. އިއްޔެ ބޭއްވި ޑަބްލިޔުޑަބްލިޔުޑީސީ 2017 ކޮންފަރެންސްގައި އައިއޯއެސް 11ގައި އެކުލެވޭ ތަފާތު ފީޗާސްތައް އެޕަލްއ...

06 Jun 2017 | 03:00

އެޕަލްގެ އޯޕަރޭޓިން ސިސްޓަމް ސޮފްޓުވެއާ އައިއޯއެސްގެ 11 ވަނަ ވާޝަން އިފްތިތާޙުކޮށްފި އެވެ.

އިއްޔެ ބޭއްވި ޑަބްލިޔުޑަބްލިޔުޑީސީ 2017 ކޮންފަރެންސްގައި އައިއޯއެސް 11ގައި އެކުލެވޭ ތަފާތު ފީޗާސްތައް އެޕަލްއިން ދައްކާލާފައިވެ އެވެ.

އޭގެތެރޭގައި އެޕަލް މެސެޖްސް އެޕްއަށް ގެނައި އައު ބަދަލާއި، ރީ ޑިޒައިންކޮށްފައިވާ އެޕް ޑްރޯވާރއާއި، އަދި އައިކުލައުޑް މެދުވެރިކޮށް އެކި ޑިވައިސްތަކުން މެސްޖު ސިންކު ކުރެވޭނެ އައު ފީޗާ ދައްކާލާފައިވެ އެވެ. އޭގެއިތުރުން އައިއޯއެސް 11 ގައި އެޕަލް ޕޭ އިން އެކަކު އަނެކަކަށް ލާރި ފޮނުވުމަށް ސަޕޯޓުކުރާނެ އެވެ. އެޕަލް މެސެޖްސް އެޕް މެދުވެރިކޮށް އެކަކު އަނެކަކަށް ލާރި ޓްރާންސްފާރވެސް ކުރެވޭނެ އެވެ.

އައިއޯއެސް 11 ގައި ސިރީގައިވެސް އައު ފީޗާތަކެއް ހިމެނޭނެ އެވެ. އެގޮތުން ސިރީގެ ނެޗުރަލް ސައުންޑިން އައުޓްޕުޓް ވަރުގަދަކޮށްފައިވެ އެވެ. އަދި އަޕްޑޭޓްކޮށްފައިވާ އެޕަލް ކެމެރާ އެޕްއިން އެޗްއީވީސީ ފޯމެޓުގައި ވީޑިއޯ ނެގޭނެ އެވެ. އެއާއެކު ވީޑިއޯއަށްދާ މެމޮރީގެ ބައި ކުޑަވާނެ އެވެ. އަދި ފޮޓޯ ނެގުމަށްވެސް އެ ބަދަލުތައް ގެނެސްފައިވެ އެވެ.

އައިއޯއެސް 11 ގެ ފުރަތަމަ އަޕްޑޭޓް އާންމުކޮށް ދޫކޮށްލާނީ މި މަހުގެ ފަހުކޮޅު އެވެ.

އެޕްލައިންވަނީ އެކުންފުނީގެ އިތުރު ތިން އޮޕަރޭޓިންގ ސިސްޓަމްގެ ސޮފްޓުވެއާ ކަމުގައިވާ، ޓީވީއޯއެސް، ވޮޗްއޯއެސް އަދި މެކްއޯއެސްގެ އަޕްޑޭޓުތައްވެސް އިފްތިތާޙުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް