މުޒާހަރާތަކުގައި ހައްޔަރުކުރެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއިބެހޭ ވޯކްޝޮޕެއް ބާއްވައިފި

މުޒާހަރާތަކުގައި ހައްޔަރުކުރެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއިބެހޭ ވޯކްޝޮޕެއް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބާއްވައިފި އެވެ. މިއަދު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވުނު މި ވޯކްޝޮޕްގެ މައި...

06 Jun 2015 | 14:48

މުޒާހަރާތަކުގައި ހައްޔަރުކުރެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއިބެހޭ ވޯކްޝޮޕެއް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބާއްވައިފި އެވެ.

މިއަދު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވުނު މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މުޒާހަރަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތަކަށް ވީހާވެސް އަހަހަށް އެހީތެރިކަން ފޯރުކޮށްދީ އަދި ޤާނޫނީ ވަކީލުން ހަމަޖައްސާދިނުމުގައި އަވަސް ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި ބޭއްވުނު ވޯކްޝޮޕެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

އެގޮތުން މުޒާހަރާގައި ހައްޔަރު ކުރެވޭ ފަރަތައް ޤާނޫނުން ލިބިދީފައިވަ ހައްޤުތަކަކީ ކޮބާކަމާއި ، ހައްޔަރު ކުރެވުމުން ދެން އަޅަންވީ ފިޔަވަޅުތަކަކީ ކޮބަކަންވެސް ވަނީ މި ވޯކްޝޮޕްގައި ބައިވެރިންނަށް ހިއްސާކޮށް މައުލޫމާތު ދެވިފައިވާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް