މަގުމަތީ ގިނަދުވަސްވެފައި ހުރި ވެހިކަލްތައް ތިލަފުއްޓަށް ގެންދަނީ

މާލޭގެ މަގުތަކުގައި ވެރިއަކު ނެތި ބަހައްޓާފައިވާ ވެހިކަލްތަކާއި ބޭނުން ނުކޮށް ގިނަ ދުވަސް ވަންދެން ހުރި ވެހިކަލްތައް ނަގަން ފަށައިފި އެވެ. ފުލުހުން ބުނީ ރަޖިސްޓްރީ ބޯޑު ނުޖަހައި، ވެރިއަކު ނެތި ބަހައްޓ...

06 Jun 2015 | 09:55

މާލޭގެ މަގުތަކުގައި ވެރިއަކު ނެތި ބަހައްޓާފައިވާ ވެހިކަލްތަކާއި ބޭނުން ނުކޮށް ގިނަ ދުވަސް ވަންދެން ހުރި ވެހިކަލްތައް ނަގަން ފަށައިފި އެވެ.

ފުލުހުން ބުނީ ރަޖިސްޓްރީ ބޯޑު ނުޖަހައި، ވެރިއަކު ނެތި ބަހައްޓާފައި ހުންނަ ވެހިކަލްތަކާއި ބޭނުންނުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތުގެ ދަށުން މިއަދުގެ މިހާތަނަށް ބައެއް ވެހިކަލްތައް ނަގާފައިވާ ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި އެ މަސައްކަތް މިއަދު ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ވެހިކަލްތަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިލަފުއްޓަށެވެ. ފުލުހުނ ބުނީ މިގޮތަށް ނެގޭ ވެހިކަލްތަށް ގެންދިއުމުގައި ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަގާނެ ކަމަށާ އަނބުރާ ވެހިކަލް މާލެ ގެނެވޭނީ ގާނޫނީ ގޮތުން ވެރިފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ.

މީގެ ކުރިން ވެސް މަގުމަތީގައި ބޭނުން ނުކޮށް ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ދޭތެރެދޭތެރެއިން ފުލުހުން ނަގަ އެވެ. އެ ތަކެތި ނެގުމަށް ފަހު، ވަކި މުއްދަތެއްގެ ތެރޭގައި އެ ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނައްތާލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް