ރިސޯޓެއްގައި މަސްތުވެގެން ތިބި ދިވެހިންތަކެއް ހައްޔަރުކޮށްފި

ރިސޯޓެއްގައި މަސްތުވެގެން ތިބި ދިވެހި މުވައްޒިފުންތަކެއް ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ރޭ ދަންވަރު އަރައި ހައްޔަރުކޮށްފައިވަނީ އއ އަތޮޅުގައި ހިންގާ ކަނދޮޅު ރިސޯޓުގެ ދެ ދި...

06 Jun 2015 | 09:45

ރިސޯޓެއްގައި މަސްތުވެގެން ތިބި ދިވެހި މުވައްޒިފުންތަކެއް ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ރޭ ދަންވަރު އަރައި ހައްޔަރުކޮށްފައިވަނީ އއ އަތޮޅުގައި ހިންގާ ކަނދޮޅު ރިސޯޓުގެ ދެ ދިވެހި މުވައްޒަފެކެވެ.

ރިސޯޓުގެ ނަން ހާމަނުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ފުލުހުން ރޭ ދަންވަރު 12:00 ހާއިރު ރިސޯޓަކަށް ދިޔައީ އެ ރިސޯޓުން ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ޝައްކުކުރެވުނު ހަތަރު ދިވެއްސަކު އެ ރިސޯޓުން ހައްޔަރުކޮށްގެން މާލެ ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވީ ދެ މީހުން ކަަމަށެވެ. އެހެންވެ އަނެއް ދެމީޙުން ދޫކޮށްލީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް