ކޮލެޖުގައި ތަޅު އެޅުވުމުން މަންދު ކޮލެޖުގެ ކޯސްތައް އެހެން ތަނެއްގައި ފަށަނީ

އެޑިއުކޭޝަން މިނިސްޓްރީން މަންދު ކޮލްޖް ކުރިން ހިންގަމުން އައި އެމްއީއެސް އިމާރާތުގައި ތަޅު އެޅުވުމުން އެކޮލެޖްގެ ކިޔެވުން އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފި އެވެ. ކޮލެޖުގައި ތަޅުއެޅުވީ ފުރަތަމަ ...

06 Jun 2015 | 09:18

އެޑިއުކޭޝަން މިނިސްޓްރީން މަންދު ކޮލްޖް ކުރިން ހިންގަމުން އައި އެމްއީއެސް އިމާރާތުގައި ތަޅު އެޅުވުމުން އެކޮލެޖްގެ ކިޔެވުން އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ކޮލެޖުގައި ތަޅުއެޅުވީ ފުރަތަމަ ސެމިސްޓާ ނިމި ޗުއްޓީގައި ކަމަށް ވިޔަސް ދެވަނަ ސެމިސްޓާގައި ކިޔަވައިދޭން ނިންމާފައިވަނީ ކޮންތާކު ކަމެއް މަންދު ކޮލެޖަކުން ނުބުނެ އެވެ. އެ ކޮލެޖުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އެ ކޮލެޖުގެ ކިޔެވުމަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އެގޮތުން ދެވަނަ ސެމިސްޓާެއަށް ކޮލެޖަށް އަލަށް ވަންނަ ކުދިންނަށް ކުރިޔަށް ގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމްތައް މިއަދު ފަށާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ. އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހިރިޔާ ސްކޫލްގަ އެވެ.

ދެ ވަނަ ސެމިސްޓާގައި ވެސް ރަށްރަށަށް ހާއްސަކޮށްގެން ކޯސްތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި ކުރިން ކިޔަވައިދިން ކޯސްތަކާ މާބޮޑު ތަފާތެއް، ދެން ފަށާ ކޯސްތަކުގައި ވެސް ނުހުންނާނެ ކަމަށް މަންދު ކޮލެޖުން ބުނެ އެވެ.

މަންދު ކޮލެޖް ހިންގި އެމްއީއެސް އިމާރާތް އެޑީޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނެގީ އެތަން ދޫކުރި އެއްބަސްވުމާ ހިލާފުވުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެމްއީއެސް ހިންގި އިމާރާތް ކުއްޔަށް ދީފައިވަނީ އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ކަމަށާއި ކޮލެޖެއް ހިންގުމަށް ނޫންކަމަށެވެ.

އެޑިއުކޭޝަނުން މަންދު ކޮލެޖްގައި ތަޅު އެޅުވީ އެ ތަން ހުސްކުރުމަށް މިދިޔަ ހޯމަ ދުވަހު ދިން 24 ގަޑިއިރުގެ ނޯޓިހަށް އަމަލުކުރުން ފަސްކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް