މުލީގައި މަނާ ގަޑީގައި ކެމްޕެއިން ސިޓީތަކެއް ބެހި މައްސަލައެއް ބަލަނީ

މިހާރު ކުރިއަށް ގެންދާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ކެމްޕެއިން ކުރުން މަނާ ގަޑިއެއްގައި ސިޓީތަކެއް ބެހި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ ދިއްގަރުގައި ހުންނަވައި ނޫސްވ...

06 Jun 2015 | 09:00

މިހާރު ކުރިއަށް ގެންދާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ކެމްޕެއިން ކުރުން މަނާ ގަޑިއެއްގައި ސިޓީތަކެއް ބެހި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ

ދިއްގަރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ މިހާރު ކުރިޔަށްދާ ވޯޓުލުމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފަި ނުވިނަމަވެސް ކެމްޕެއިން ކުރުން މަނާ ގަޑީގައި މުލީގައި ހިނގި ކަމަކާ ގުޅޭ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ މުލީގައި ރޭގައި ސިޓީތައް ބަހާފައި ވަނީ ކެމްޕެއިން ކުރުން މަނާ ގަޑީގައި ކަމަށްވާއިރު، އޭގައި ވަނީ ވަކި ބޭފުޅަކަށް ކެމްޕެއިން އަދި އެންޓި ކެމްޕެއިންގެ ވާހަކަތަކެއް ކަމަށް ބުނެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކެންޑިޑޭޓަކާ ގުޅޭ މައްސަލައެއް ކަމެއް އަކުރަމް ވިދާޅެއް ނުވެއެވެ.

ވޯޓުލުމުގެ ކަންތައް ކޮމިޝަނުން އެންމެ ބޭނުންވާގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވައި އަކުރަމް ވިދާޅުވީ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ފަަރާތުންް ވަރަށް ބޮޑު އެއްބާރުލުންް އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ވޯޓުލާން މީހަކު ނެތް ނަމަ ހަވީރު 4:00 ގައި ވޯޓު ފޮށި ބަންދު ކުރުމަށެވެ. އަދި ވޯޓު ފޮށި ބަންދުކުރާތާ 30 މިނިޓްް ތެރޭގައި ވޯޓު ގުނަން ފަށާނެ އެވެ. ވޯޓު ގުނައި ނިމުމާ އެކު އެ ރަށެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރުމަަށް ފަހު، ރަސްމީކޮށް އެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނީ މިރޭ 8:30 ގައި ދިއްގަރުގަ އެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ވަނީ 2،555 މީހަކު ރަޖިސްޓްރީކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް