ކުރިޔަށް އޮތް 24 ގަޑިއިރު ބައެއް ރަށްރަށަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްރަށަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. އެ އިދާރާއިން މިއަދު ނެރުނު މޫސުމާ ބެހޭ ބަޔާނުގައި ބުނެފައި ވަނީ...

06 Jun 2015 | 08:44

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްރަށަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު މޫސުމާ ބެހޭ ބަޔާނުގައި ބުނެފައި ވަނީ، ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރެ އާއި އުތުރު އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާއިރު މެދުތެރެ އާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްރަކަށް ވުމުން، ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް