ރައީސް ޔާމީން މިރޭ ޒުވާނުންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒުވާނުންނަށް ބައްދަލުކުރެއްވުމަށްޓަކައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ. "ޒުވާނުންނާއި އެކު ރައީސް ޔާމީން" މިނަމުގައި ބާއްވާ މި ބައ...

06 Jun 2015 | 06:30

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒުވާނުންނަށް ބައްދަލުކުރެއްވުމަށްޓަކައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

"ޒުވާނުންނާއި އެކު ރައީސް ޔާމީން" މިނަމުގައި ބާއްވާ މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 08:30 ގައި އަލިމަސް ކާނިވަލުގަ އެވެ.

މި ބައްދަލުވުން އިންތިޒާމްކުރާ ފަރާތުން ބުނީ ރައީސް ޔާމީން ޒުވާނުންނަށް ބައްދަލުކުރައްވަނީ ޒުވާނުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވުމަށާއި ޒުވާނުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވުމުގެ އިތުރުން ޒުވާނުންގެ ޝަކުވާތައް އަޑުއެހުމުގެ މަގްސަދުގައި ކަމަށެވެ.

ޒުވާނުންނަށް ހާއްސަކޮށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން ޒުވާނުންނާ ވަކިން ބައްދަލުކުރައްވާއިރު، އެކި ކުޅިވަރު ކްލަބުތަކުންނާއި ޒުވާން ގްރޫޕުތަކުން ހިންގާ ހަރަކާތްތަކުގައި އެ މަނިކުފާނު ދޭތެރެ ދޭތެރެ އިން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ހާއްސަ ސިޓީފުޅެއް ފޮނުއްވަން ވެސް އެ މަނިކުފާނު ވަނީ ފައްޓަވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް