އެންވާރްމަންޓް މިނިސްޓްރީގެ ފޮޓޯ މައުރަޒު ހުޅުވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ފޮޓޯ މުބާރާތުގެ ނަތީޖާ ފާޅުކޮށް މައުރަޒު ހުޅުވައިފި އެވެ. ރޭ އާރޓް ގެލަރީގައި އޮތް ރަސްމިއްޔާތެއްގައި ...

06 Jun 2015 | 05:38

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ފޮޓޯ މުބާރާތުގެ ނަތީޖާ ފާޅުކޮށް މައުރަޒު ހުޅުވައިފި އެވެ.

ރޭ އާރޓް ގެލަރީގައި އޮތް ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ އެންވާރްމަންޓް މިނިސްޓަރު ތޯރިގު އިބުރާހިމްއެވެ.

އެންވާރްމަންޓް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ފޮޓޯ މުބާރާތުގައި ޖުމްލަ ހަތަރު ކެޓަގަރީއަކުން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ. އެއީ "ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ" އާއި "ތިމާވެއްޓަށް ކުރަމުންދާ އަސަރު" އާއި "އާދަކާދައިގެ ތެރެއިން ދިރޭތަކެތި"ގެ އިތުރުން "ތިމާވެއްޓާއި އިންސާނާ" އެވެ.

މި ހަތަރު ކެޓަގަރގެ ތެރެއިން "ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ސަރާހް މުހައްމަދު އެވެ. "ތިމާވެއްޓަށް ކުރަމުންދާ އަސަރު" ކެޓަގަރީ އިން އިބްރާހިމް ފާއިޒް އެއްވަނަ ހޯދާފައިވާ އިރު "އާދަކާދައިގެ ތެރެއިން ދިރޭތަކެތި" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ހުސައިން ނިޔާޒް އެވެ. އަދި "ތިމާވެއްޓާއި އިންސާނާ" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ މުހައްމަދު ޔާސިފް އެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ ރާޢްޖޭގެ ތިމާވެށި ދައްކުވައިދޭ އެކި ފޮޓޯތަށް މި މުބާރާތަށް ހުށަހަޅާފައިވާ ކަމަށެވެ.

މުބާރާތަށް ހުށަހަޅާފައިވާ ފޮޓޯތަށް ދައްކާލުމަށް ނެޝަނަލް އާޓް ގެލަރީގައި ހުޅުވި މައުރަޒު މިރޭގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް