ދިއްގަރު ދާއިރާގެ ވޯޓުލުން ފެށިގެން ކުރިއަށް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ. ދާއިރާގެ މަޖިލިސް ގޮނޑިއަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާއިރު އެ ހަތަރު ފަރާތަކީ ޕ...

06 Jun 2015 | 03:17

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ.

ދާއިރާގެ މަޖިލިސް ގޮނޑިއަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާއިރު އެ ހަތަރު ފަރާތަކީ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިޝަ މައުމޫނާއި އެމްޑީޕީގެ ފަރާތުން އަހުމަދު ރާޒީ އާއި އަދި އަމިއްލަގޮތުން ވާދަކުރައްވާ މޫސާ ނަސީރު އަހުމަދު އާއި ޝަމީމް އަލީ އެވެ.

މި އިންތިހާބުގައި ވޯޓުލުމަށް 2555 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު މާލޭގައި ވޯޓުލުމަށް ވަނީ 573 މީހަކު ރަޖިސްޓްރީކޮށްފައި ވެ އެވެ. ދިއްގަރުގައި ވޯޓުލުމަށް 823 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު މަޑުއްވަރީގައި 303، ރަތްމަންދޫގައި 112، ވޭވަށުގައި 170 އަދި މުލީގައި ވޯޓުލުމަށް ވަނީ 574 މީހަކު ރަޖިސްޓްރީކޮށްފަ އެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ، އެ ދާއިރާގެ ކުރީގެ މެމްބަރު ޕީޕީއެމްގެ އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާކަން ކަނޑައަޅައި، އޭނާ 25 އަހަރަށް ޖަލަށް ލާން މިދިޔަ އޭޕްރީލް 6 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް