ގެއްލުނު، ސްކޫލު ކުއްޖާ ފެނިއްޖެ – ހާލު ރަނގަޅު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސްކޫލަށް ދާން ގެއިން ނިކުތް ފަހުން ގެއްލުނު އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ދެންމެ ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މެންދުރު...

06 May 2025 | 07:31

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސްކޫލަށް ދާން ގެއިން ނިކުތް ފަހުން ގެއްލުނު އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މެންދުރު 12:18 ހާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ފެނިފައިވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު ހެނދުނު 10:46 ހާއިރު މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމުން އެ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

އެ އަންހެން ކުއްޖާ ސްކޫލަށް ދާން، ހިޔާގެ އަށް ވަނަ ޓަވަރުން ނިކުތް ނަމަވެސް ސްކޫލަށް ނުވަންނަކަން ދެނެގަނެވިފައިވާކަމަށްވެސް ކުރިން ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް