ހުޅުމާލޭގައި ސްކޫލަށް ދިޔަ އަންހެން ދަރިވަރަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭގައި ސްކޫލަށް އަންހެން ދަރިވަރަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްކޫލަކަށް ދިޔަ، އުމުރުން...

06 May 2025 | 05:51

ހުޅުމާލޭގައި ސްކޫލަށް އަންހެން ދަރިވަރަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްކޫލަކަށް ދިޔަ، އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހެނދުނު 08:30 ހާއިރު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ހިޔާޓަވަރު އަށަކުން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް