ރާއްޖެއަށް އެތެރެކުރިކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ސިނގިރޭޓު އަތުލައިގެންފި

ވަގަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ސިނގިރޭޓު އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ހ. ބޮޑުފުންގަނޑުމަގަށް ދިޔަ ޕިކަޕެއް އެ މަގަށް ކަޅު ތިން ދ...

06 May 2025 | 04:49

ވަގަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ސިނގިރޭޓު އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ހ. ބޮޑުފުންގަނޑުމަގަށް ދިޔަ ޕިކަޕެއް އެ މަގަށް ކަޅު ތިން ދަބަސް ބާލާފައި ދިޔަކަމަށާއި އެ ދަބަސްތައް ބަލައި ފާސްކުރިއިރު އެ ދަބަސްތަކުން 221 ކާޓަން، އެމެރިކަން ލެޖެންޑް ސިނގިރޭޓު ފެނުނު ކަމަށެވެ.

އެ މައްސަލައިގާ ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް