ކުޑަކުދިންގެ ދުވަހަށް ހަދިޔާއެއް ހޯދަން މޫލީ

ކުޑަކުދިންގެ ދުވަހާއި ދިމާކޮށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީގައި ސޭލެއް ފަށައިފިއެވެ. އިއްޔެ ފެށި މި ސޭލް 12 މޭގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ސޭލްގައި ކުޑަކުދިންނަށަ ކަމުދާނެ ފަދަ ގިނަ އައިޓަމް...

06 May 2024 | 15:08

ކުޑަކުދިންގެ ދުވަހާއި ދިމާކޮށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީގައި ސޭލެއް ފަށައިފިއެވެ.

އިއްޔެ ފެށި މި ސޭލް 12 މޭގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ސޭލްގައި ކުޑަކުދިންނަށަ ކަމުދާނެ ފަދަ ގިނަ އައިޓަމްތަކެއް ހިމެނިފައިވެއެވެ. މީގެ ތެރޭގައި އެޑިއުކޭޝަނަލް ޓޯއިސް، ވާހަކަފޮތް، ދަބަސް، އާޓްސް އެންޑް ކްރާފްޓްސް ސާމާނު ހިމެނެއެވެ. މީގެ ތެރޭގައި ދިވެހި އުފެއްދުންތައް ގިނަ ކަން ފާހަގަ ކުރެވެއެވެ. ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މޫލީ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެއެވެ. މިއަހަރު ކުޑަކުދިންގެ ދުވަހަށް ހަދިޔާ ހޯދުމަށް މޫލީ އަކީ ފަސޭހަ އަދި އިތުބާރުހުރި ޕްލެޓްފޯމެކެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަންނަވާ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ފޮނުވައިދިނުމުގެ ޚިދުމަތް ލިބޭނެއެވެ. މޫލީއަކީ ރާއްޖޭގައި އީ-ކޮމާސް ވިޔަފާރި ކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއް ޕްލެޓްފޯމެވެ. މޫލީ މެދުވެރިކޮށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ތަކެތި ފޮނުވުމަށް މަގުފަހިވެގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް