އިތުރު ތިން ސަފީރަކަށް މަޖިލީހުން ރުހުން ދީފި

އިތުރު ތިން ސަފީރަކަށް މަޖިލީހުން ރުހުން ދީފިއެވެ. މަޖިލީހުން މިއަދު ރުހުން ދީފައިވަނީ،ސައުދި އަރަބިއްޔާ، ޗައިނާ އަދި ބަގްލަދޭޝްއަށް ކަނޑައެޅި ދިވެހި ޝަފީރުންނަށެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ދިވެހ...

06 May 2024 | 12:02

އިތުރު ތިން ސަފީރަކަށް މަޖިލީހުން ރުހުން ދީފިއެވެ. މަޖިލީހުން މިއަދު ރުހުން ދީފައިވަނީ،ސައުދި އަރަބިއްޔާ، ޗައިނާ އަދި ބަގްލަދޭޝްއަށް ކަނޑައެޅި ދިވެހި ޝަފީރުންނަށެވެ.

އެގޮތުން ސައުދީ އަރަބިއްޔާގެ ދިވެހި ސަފީރަކަށް ، ނ.ހޮޅުދޫ އުފަންވެލި/ މުހައްމަދު ތޯހާ އަދި ޗައިނާގެ ދިވެހި ޝަފީރަކަށް މ.ފަށަލަ/ ޑރ. މުހައްމަދު ފަޒީލް ނަޖީބު އޭގެ އިތުރުން ބަގްލަދޭޝްގައި ހުންނަ ދިވެހި ޝަފީރަކަށް ސ. ހުޅުދޫ އަސާރީގެ/ ޝިއުނީން ރަޝީދު އައްޔަން ކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިން މި ސަރުކާރުން ފޮނުވި 8 ޝަފީރަކަށް ވަނީ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މި 8 ޝަފީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ނިންމެވީ އޭޕްރިލް މަހު 23 ވަނަ ދުވަހުއެވެ.

މިގޮތުން މިހާތަނަށް 11 ގައުމަކަށް ޝަފީރުން އައްޔަން ކުރެވިފައިވާއިރު، ޝަފީރުންގެ ގޮތުގައި އައްޔަން ކުރެވިފައިވާ ބޭފުޅުންނަކީ، މިއަދު ރުހުން ދިން ތިން ސަފީރުންގެ އިތުރުން:-

  • ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މުހައްމަދު ހުސެން ޝަރީފް
  • އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުހައްމަދު
  • އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. އިރުތިޝާމް އާދަމް
  • ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް  މަސްއޫދު އިމާދު
  • މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ގީލާ އަލީ
  • ޖެނީވާގައި ހުންނަވާ އދ.ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރުގައި ހުންނަވާ ޝަފީރަކަށް މުހައްމަދު ލުވޭޒްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް