ނާސިން ދަރިވަރަކަށް ފުލުހަކު ބިރުދައްކާ ކަމުގެ ތުހުމަތު !

ވިލާ ކޮލެޖްގައި ނާސިން ކިޔަވާ ދަރިވަރަކަށް ފުލުހަކު ބިރުދައްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުންގެ އިންސްޕެކްޓަރ އިސްމާއިލް އިބްރާހިމް ރަމީޒްއަށް ތުހުމަތުކޮށް ޑރ. މުހައްމަދު އަތީފް...

06 May 2024 | 08:52

ވިލާ ކޮލެޖްގައި ނާސިން ކިޔަވާ ދަރިވަރަކަށް ފުލުހަކު ބިރުދައްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ އިންސްޕެކްޓަރ އިސްމާއިލް އިބްރާހިމް ރަމީޒްއަށް ތުހުމަތުކޮށް ޑރ. މުހައްމަދު އަތީފް އެކްސްގައި ކުރި ޕޯސްޓަކު ބުނެފައިވަނީ، ދިވެހި ފުލުހުންގެ އިންސްޕެކްޓަރ އިސްމާއިލް އިބްރާހިމް ރަމީޒް ވިލާ ކޮލެޖްގައި ކިޔަވަމުން ގެންދާ ނާސިން ސްޓޫޑެންޓަކަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް ބިރު ދައްކާ ބްލެކް މެއިލް ކުރާ ކަމަށެވެ. އަދި މިކަން ބެލޭނެ އެއްވެސް އިދާރާއެއް ދިވެހި ރާއްޖޭގަ އެބަހުރިތޯ ޑރ އަތީފް ވަނީ ސުވާލު އުފައްދާފައެވެ.

ފުލުހުންނަށް ޓެގްކޮށް ޑރ.އާތިފް ކުރި ޕޯސްޓަށް ރައްދު ދެއްވާ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެފައިވަނީ، މި މައްސަލަ ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުޤީޤު ކުރާ ބަހާއިން ޔަގީންކޮށް ތަހުގީގު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށެވެ.

މީގެ އިތުރުން ޝިފާން ވިދާޅުވެފައިވަނީ ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހަށް މައްސަލަ ހުށަހަޅުއްވާ ހައްލުކުރުމަށް އެދިލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް