ސްކޭމްތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފި

ހުޅުމާލެ އަވައްޓެރި ފުލުހުން އިސް ނަގައިގެން ސްކޭމް އެވެއާނަސް ރޯޑް ޝޯއެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ރޯޑްޝޯ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އަވައ...

06 May 2024 | 08:27

ހުޅުމާލެ އަވައްޓެރި ފުލުހުން އިސް ނަގައިގެން ސްކޭމް އެވެއާނަސް ރޯޑް ޝޯއެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ރޯޑްޝޯ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އަވައްޓެރި ފުލުހުންނާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓު ގުޅިގެންނެވެ.މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު އަދި އާދީއްތަ ދުވަހުގައެވެ.

އެގޮތުން މި ރޯޑް ޝޯގައި ސްކޭމް އަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މެސެޖުތަކެއް ދީފައިވާކަމަށާއި މި ރޯޑް ޝޯ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 1 ، ފޭސް 2 ފަދަ ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދު ތަކުގައެވެ. މި ރޯޑް ޝޯގައި ސްކޭމްއަށް ހޭލުން ތެރިކުރުމަށް މައުލޫމާތު ހިމެނޭ ބެޖު، ލީފްލެޓް،ކާޑު އަދި ފުލުހުންގެ ކަލަންޑަރ ހަދިޔާ ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ރޯޑް ޝޯ ކާމިޔާބު ކަމާއި އެކު ނިންމާލައި ގިނަ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް