މާދެލި މަސް ފެކްޓަރީ މަޝްރޫޢު ނިލަންދުއަށް

ރައީސް ޑރ މުއިއްޒު ދ.މާދެލީގައި އެޅުމަށް ވައުދުވެވަޑައިގެން މަސްފެކްޓަރީ ފ.ނިލަންދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން މިގޮތަށް ނިންމާފައިމިވަނީ ދ. މާދެލީގައި ޓޫރިސްތް ރިސޯޓެއް ގާއިމު...

06 May 2024 | 08:13

ރައީސް ޑރ މުއިއްޒު ދ.މާދެލީގައި އެޅުމަށް ވައުދުވެވަޑައިގެން މަސްފެކްޓަރީ ފ.ނިލަންދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން މިގޮތަށް ނިންމާފައިމިވަނީ ދ. މާދެލީގައި ޓޫރިސްތް ރިސޯޓެއް ގާއިމުކުރުމަށް ބަޔަކަށް ދީފައިވާތީއާއި ބަދަލު ދީފައި ރަށް ހޯދުން ދައުލަތަށް މިވަގުތަށް ބުރަޔަކަށް ވާތީ އެވެ.

އިއްޔެ އެ މިނިސޓްރީން ބުނެފައިވާގޮތުގައ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމެވުމާއި ގުޅިގެން, މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފައިވެއެވެ.

" މިބައްދަލުވުމުގައި ފެކްޓަރީ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި  ގުޅޭގޮތުން މަޝްވަރާކުރެވުނު" އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

ކުރީ ސަރުކާރުގައި މާދެލި ރިސޯޓަކަށް ތަރައްގީ ކުރުމަށް އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން 7.2 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. ކުރީ ސަރުކާރުން އެ ކުންފުންޏާއި އެ ރަށް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖުލައި މަހުގެ 5 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް