މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާނަގާ، ވީޑިޔޯކޮށް ފަލީހަތްކޮށް ހެދުމަކީ އިޖްތިމާއީ ގޮތުން ބަލާއިރު ކޮށްގެންވާނެކަމެއްނޫން: ރައީސް މުއިއްޒު

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ...

06 May 2024 | 06:27

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ހޯމް މިނިސްޓަރު އިމްރާންގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި ހިނގި ހާދިސާއެއްގެ ތެރެއިން އިންތިޚާބީ މެންބަރު އިމްރާން މަސްއޫލުވާ ވީޑިޔޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ދަނޑިވަޅެއްގައެވެ.

"ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވާނެކަމަށާއި އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވެފައިވާއިރު އެ ވީޑިޔޯޔާއިމެދު އާންމުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ދެކަފިވެގެން ގޮސްފައިވެއެވެ.

އެއް ބަޔަކު ބުނަނީ އެ ވީޑިޔޯއިން ފެންނަނީ ކުރީގެ މިނިސްޓަރު އިމްރާންގެ ބޮޑާކަމާއި ކިބުރުވެރިކަން ކަމުގައެވެ. އެހެންނަމަވެސް އަނެއް ބަޔަކު ބުނަނީ އެއީ އިންތިޚާބީ މެންބަރު އިމްރާން ވަންނަންޖެހޭ ތަނެއް ނޫން ކަމަށާއި އިންތިޚާބީ މެންބަރު އެކަމުން ހާސިލުކުރަން މަސައްކަތްކުރީ ސިޔާސީ މަންފާއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް