ފިލިޕީންސްގެ ވަކިން އޮންނަ ރަށެއްކަމުގައިވާ މިންދަނާއޯއަށްއުފަންވި ގުޅިފައިވާ އެއްމާބަނޑު ދެކުދިން ކަމުގައިވާ އަޢީޝާ އަދި އަޚީޒާ ޔޫސަފްގެ ދެ ހަށި ވަކި ކުރުމުގެ ބޮޑު އޮޕަރޭޝަނަށް އެ ދެކުދިންނާއި އެ ދެކުދިންގެ މަންމަ ސަޢޫދީ އަރަބިއްޔާގެ ރިޔާޛަށް ގޮސްފިއެވެ.
ނާޒުކު މި އޮޕަރޭޝަން ކުރަނީ ކުރަން ހަމަޖެހިފައިވަނީ ކިންގް އަބްދުﷲ ސްޕެޝަލައިޒްޑް ޗިލްޑްރެންސް ހޮސްޕިޓަލުގައެވެ. މިއީ ސަޢޫދީ ރަސްގެފާނު، ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
އުމުރުން އެއް އަހަރާ ހަތަރުމަހުގެ މި ދެ އަންހެންކުދިން ގުޅިފައިވަނީ ހަށިގަނޑުގެ މެއާއި ބަނޑުން ބައެކެވެ. މި ދެކުދިންވެސް ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތައް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިއްސާކުރާ ހާލު އުފަންވެފައިވާއިރު ދެ ހަށިގަނޑު ވަކި ކުރުމުގެ މި އޮޕަރޭޝަން ކާމިޔާބު ކުރެވިދާނެކަމުގައި އެ ހޮސްޕިޓަލުން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް