މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ. 2023 މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ބުނީ ވަނަ އަހަރުގެ މެއި މަ...

06 May 2023 | 17:33

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

2023 މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ބުނީ ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2019 ވަނަ އަހަރާއި އަޅާބަލާއިރު %6.4 ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އަދި މިއީ 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ 640،730 ފަތުރުވެރިންނާއި އަޅާބަލާއިރު %17.5 ގެ ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަމައެހެންމެ މި އަހަރުގެ މެއި މަހުގެ 5 ގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 667،729 ފަތުރުވެރިންނެވެ.

މިގޮތުން މި އަހަރުގެ މެއިމަހަށް އެކަނި ބަލާއިރު، މެއި މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2022 ވަނަ އަހަރުގެ މެއި މަހުގެ މިމުއްދަތާއި އަޅާބަލާ %19.9 ދަށްވެފައި ވީނަމަވެސް، 2019 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %3.3 ގެ ކުރިއެރުމެއް އައިސްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ވަކި މާރކެޓްތަކަށް ބަލާއިއިރު، ޗައިނާ މާރކެޓް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި މިއަހަރުގެ  މެއި މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ޗައިނާވަނީ %4.7 ޙިއްސާއާއިއެކު ރާއްޖެއަށް ޒިޔާރަތްކުރާ 6 ވަނައަށް އެންމެ ބޮޑު މާރކެޓް ކަމުގައި ހިމެނިގެން ގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް