މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރު ކުރަނިކޮށް ގެއްލުނު ލޯންޗު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ދުވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މާލެއިން ފުރައިގެން ދ.މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗް ފ.ފީއަލީ އާ 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރި ކަމަށެވެ.
އެ ލޯންޗުގައި ކުޑަކުދިންނާއި އަންހެނުންނާ އެކު 30 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އޭގެ ފަހުން ލޯންޗާއި ގުޅޭގޮތުން ނުވެގެން ކޯސްޓު ގާޑުން މަސައްކަތް ކުރަމުން ދަނިކޮށް މިރޭ6:30 ހާއިރު ލޯންޗު ދަތުރު ކުރަމުންދާ ގޮތް ވަނީ ހޯދިފައި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ލޯންޗު ރައްކާތެރި ކަމާއި އެކު މީދޫ ފަޅަށް ވަދެފައިވާ ކަމަށެވެ. އަދި ދަތުރު ކުރި އެންމެންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފާއި މޫސުމާއި ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް