އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް

ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ކައިރި ވެފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. މިކަން ހާމަކޮށް އެމްޓީސީސީން...

06 May 2023 | 11:42

ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ކައިރި ވެފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރު ކުރެވިފައިވާ އިހަވަންދޫ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 240 ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އަދި މިއި 7.75 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް