މި ޤައުމުގެ ސިޔާސީ ނިޒާމު ގަނޑުބަޑު ކުރުމުގެ މޭސްތިރިންނަކީ ޕީޕީއެމް،ޖޭޕީ، އެމްއެންޕީ، އަދި ފިކުރެއްގެ ދިރުން ކަމަށް ހުސައިން ޝުޖާއު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާނެކަން ހާމަކޮށްފައިވާ ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީގެ އިސް ބައެއް ބޭފުޅުންގެ ބައްދަލުވުމެއް ކުރިއަށްދާ ކަމަށް އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ހިއްސާކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ޤައުމުގެ ސިޔާސީ ނިޒާމު ގަނޑުބަޑު ކުރުމުގެ މޭސްތިރިންނަކީ ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ފިކުރެއްގެ ދިރުމުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ގިތެޔޮ ގުޅިއަކުން ދުވަހަކުވެސް ވަހެއް ނުފިލާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭނުންވަނީ މިމީހުން އަތުން އެހެން ބަޔަކަށް ސިޔާސީ ކަންކަން ނަގުލުކުރުން ކަމަށް ޝުޖާއުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް