ވަޔާއި ކަނޑު ގަދަވާނެތީ ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓު

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ މެންދުރު12:00 ން ހަވީރު5:00 އަށެވެ. މެޓުން ލަފާ ކުރާ ގޮތުގައި މިވަގުތުގައި އެ ސަރަހައްދުގެ ރަ...

06 May 2023 | 08:12

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ މެންދުރު12:00 ން ހަވީރު5:00 އަށެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މިވަގުތުގައި އެ ސަރަހައްދުގެ ރަށްތަކަށް ވައި ޖެހޭނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ޖެހޭނެ އެވެ.

ކަނޑުތައްވެސް ވަރަށް ގަދަވާނެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް