ދޮގު މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ

އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައި މިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ...

06 May 2023 | 07:31

އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައި މިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު އެތަނުގެ އާމަރީ ފަޅާލައި އެތަނުގައި ހުރި ބިޑިތަކެއް ވަގަށް ނަގައިގެން ފިލާފައިވާ ކަމަށް ބުނާ މެސެޖެއް އަންނަނީ ދައުރުވަމުންނެވެ.

މިގޮތުން ފުލުހުންގެ ހަތިޔާރު ގުދަން ފަޅާލި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފައި ވާއިރު ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލައިގެން އުޅޭ މީހަކު ހޯދަމުންދާ ކަމަށް ބުނެފައި ވެއެވެ.

ބެލެވޭ ގޮތުގައި މިކަމަށް އިޝާރާތް ކޮށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ދޮގު މައުލޫމާތު ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް