އދ. ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަން ކުރިޔަށް ދަނީ

އދ. ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަންް ފެށިގެން ކުރިޔަށް އެބަދެ އެވެ. އެ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިޔަށްދާ ބަ...

06 May 2023 | 04:39

އދ. ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަންް ފެށިގެން ކުރިޔަށް އެބަދެ އެވެ.

އެ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގައި މާލެ އާއި އެ ރަށުގައި ވޯޓު ފޮށި ބަހައްޓާފައިވާ ކަމަށެވެ. އެ ދާއިރާގައި ވޯޓުލުގެ ހައްގު ލިބިގެންވަނީ147 މީހުންނަށެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ވޯޓުލާފައިވަނީ27 މީހުންނެވެ. އެއީ17 ފިރިހެނުންނާއި10 އަންހެނުންނެވެ.

މި އިންތިހާބުގައި ވާދަ ކުރަނީ އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓު ރަޝީދާ އާދަމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު އަނީސް މުހައްމަދެވެ.

މިހާރު ކުރިޔަށްދާ ވޯޓު ލުން ނިމޭނީ ހަވީރު4:00 ގައި އެވެ.

މިއަދު ދިއްދޫ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބައި އިލެކްޝަން ބާއްވަމުން ދާއިރު މީގެ ދެ މަސް ކުރިން ވަނީ އެ ކައުންސިލަށް ރައީސަކު ހޮވުމަށްވެސް ބައި އިލެކްޝަން ބާއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް