ކ. އަތޮޅުން ފެށިގެން ދެކުނަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ

ކ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އ...

06 May 2023 | 03:27

ކ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު8:00 ން މެންދުރު ފަހު2:00 އާއި ހަމައަށެވެ.

މެޓުން ލަފާ ކުރާ ގޮތުގައި އެވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވަހި ގުގުރާނެ އެވެ. ކަނޑުތައްވެސް ވަރަށް ގަދަވާނެ އެވެ.

އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ15 މެލާއި25 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް