ކެޓްރީނާ ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާނެ ދުވަސް ހާމަ ކޮށްފި

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާނެ ދުވަސް ހާމަ ކޮށްފި އެވެ. ކެޓްރީނާ އާއި ބަތަލް ވިކީ ކައުޝަލް ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ކައ...

06 May 2023 | 03:05

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާނެ ދުވަސް ހާމަ ކޮށްފި އެވެ.

ކެޓްރީނާ އާއި ބަތަލް ވިކީ ކައުޝަލް ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ކައިވެނި ކުރީންސުރެ ދޭތެރެ ދޭތެރެއިން ކެޓްރީނާ ބަނޑުބޮޑު ކަމަށް ބުނެ އަޑު ފެތުރު ނަމަވެސް އެ ވާހަކަތައް ހަގީގަތަކަށް ނުވެ އެވެ.

މިފަހުން ކެޓްރީނާގެ ގާތް މީހަކު ވަނީ މީޑިއާގައި އޭނާ ދަރިއަކު ހޯދުމާއި ގުޅޭގޮތުން އެކުވެރިން ކައިރީގައި ވާހަކަ ދައްކާފައިވާ ކަމަށް ބުނެފައި އެވެ. އެ ވާހަކައިގެ ތެރެއިން ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާނީ މިހާރު ސޮއި ކޮށްފައި ހުރި ހުރިހާ ފިލްމެއްގެ މަސައްކަތް ނިމުމުން ކަމަށް ކެޓްރީނާ ބުނެފައިވާ ކަމަށެވެ.

އޭނާ އަތުގައި މިހާރު ހުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރާ ފިލްމު "ޓައިގާ 3" ހިމެނެ އެވެ. އަދި މިހާރު އޭނާ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ފަރާ އަހްތަރުގެ ފިލްމު "ޖީ ލޭ ޒަރާ" ވެސް ހިމެނެ އެވެ.

ފިލްމު "ޖީލޭ ޒަރާ" ގައި ކެޓްރީނާ އާއި އެކު ފެނިގެންދާނެ ތަރިންގެ ތެރޭގައި އާލިއާ ބަޓާއި ޕްރިޔަންކާ ޗޯޕްރާ ހިމެނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައިި މި ފިލްމުގެ ޝޫޓިން ފަށާނީ ޕްރިޔަންކާ އާއި އާލިއާ މިހާރު މަސައްކަތް ކުރަމުންދާ ހޮލީވުޑް ފިލްމުތަކުގެ މަސައްކައްކަތް ނިމުމުންނެވެ.

އެހެން ކަމުން ކެޓްރީނާގެ ޕްލޭނަށް ބަލާއިރު މިއަހަރާއި ކުރިޔަށް އޮތް އަހަރުވެސް އޭނާ ދަރިއަކު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް