ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އިގްތިސާދީ ހާލަތު ގޯސްވެ ގައުމު ގާތްގަނޑަކަށްހެން ހުއްޓުމަކަށް ގޮސްފައިވާ ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމުގައި ކުއްލި ނުރ...

06 May 2022 | 17:19

އިގްތިސާދީ ހާލަތު ގޯސްވެ ގައުމު ގާތްގަނޑަކަށްހެން ހުއްޓުމަކަށް ގޮސްފައިވާ ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިމިވަނީ މިރޭ ދަންވަރު 12 އިން ފެށިގެންނެވެ. އެ ހާލަތު އުވާލާނެ ވަކި އިރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިމިވަނީ އިގްތިސާދީ ހާލަތާއި ގުޅިގެން އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާކުރަމުން އަންނަތާ ދުވަސްތަކެއްވެ އެ މުޒާހަރާތައް އިތުރަށް ވަރުގަދަވާން ފަށާފަައިވާ ދަނޑިވަޅެއްގައެވެ.

މިއީ މި އަހަރުގެ ތެރޭގައި އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ އެއްވަަނަ ދުވަހުވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އެވެ. އެ ހާލަތު އުވާލީ އެ މަހުގެ 12 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް