އަންޑަމަން ކަނޑާއި ބަންގާޅު ކަނޑު ގުޅޭ ސަރަހައްދުގައި އުފެދުނު ސައިކްލޯނިކް ފޯމޭޝަން، ލޯ ޕްރެޝަރަކަށް ބަދަލުވެ މާދަމާ ކޮޅިގަނޑަކަށް ބަދަލުވެދާނެކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ.
އިންޑިއާގައި ގާއިމްކޮށްފައިވާ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން މިއަދު ނެރެފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވަނީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިން އެ ސަރަހައްދުގައި އުފެދުނު ސައިކްލޯނިކް ފޯމޭޝަނުން ލޯ ޕްރެޝަރެއް މިހާރު އުފެދިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑަކަށް ބަދަލުވާނެކަމުގައި ބެލެވޭކަމަށެވެ.
ސައިކްލޯނިކް މި ފޯމޭޝަން ފުރަތަމަ އުފެދުނީ ރާއްޖެއާއި މާ ދުރުނޫން ސަރަހައްދެއްގައި ނަަމަވެސް ލޯ ޕްރެޝަރެއް އުފެދުނު އިރު ފޯމޭޝަން ހުރީ ރާއްޖެއާއި ދުރުގައެވެ. އަދި އެ ފޯމޭޝަން ދަތުރުކުރަމުންދަނީވެސް ރާއްޖެއާއި ދުރަށެވެ. ދަތުރުކުރަމުންދަނީ އިންޑިއާއާއި ވީ ދިމާއަށެވެ.
ލޯ ޕްރެޝަރެއް އުފެދިފައިވީނަމަވެސް މި ލޯ ޕްރެޝަރުން ތޫފާނެއް އުފެދިދާނެކަމަށް އަދި އަންދާޒާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް