ފޯކައިދޫން މާލެއަށް ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަކަށް އުރިގެން އެ ފެރީ ފުންކޮށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކުން ފަށައިފިއެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ށ. ފޯކައިދޫން މާލެއަށް، ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭހެން 130 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ޅ. ފެލިވަރު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު މިރޭ 8:31 ހާއިރު ލިބިފައިވާކަަމަށާއި އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ 125 މީހުންނާއެކު ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި "ފުރާގު 2" ނަމަކަށްކިޔާ ބޯޓެއް ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ސިފައިންނަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:30 ހާއިރު ކަމަށް ބުނެފައިވެއެވެ. ފެރީގައި ތިބި މީހުން ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަސްވެސް ސިފައިން ބުނެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް