ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންެގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހިޔާ ފްލެޓެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހަކަށް މީހަކު ހަމަލާދިނީ ކޯރާޑިއަކުންނެވެ. އަނިޔާވެފައިވަނީ ފުލުހެއްގެ އަތަށެވެ. އަނިޔާ އެހާ ސީރިއަސްއެއް ނޫނެވެ.
ފިޠުރު ޢީދު ދުވަހާއި ބުދަ ދުވަހުގެ ރޭ މާލޭގައި ޖުމްލަ ހަތަރު މާރާމާރީއެއް ހިންގާފައިވާއިރު ފުލުހުން ވަނީ މި މާރާމާރީތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައެވެ. މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައިވާއިރު އިތުރު ބައެއް މީހުން ހޯދުމަށް ވަނަވަރުވެސް އާންމުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް