އަހަރު ދުވަހުން ރާއްޖޭގެ ބޭންކުތަކުގެ އެސެޓް 23 ޕަސެންޓް އިތުރުވެއްޖެ

އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ބޭންކުތަކުގެ ޖުމްލަ އެސެޓް 23 ޕަސެންޓަށް އިތުރު ވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ...

06 May 2022 | 10:50

އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ބޭންކުތަކުގެ ޖުމްލަ އެސެޓް 23 ޕަސެންޓަށް އިތުރު ވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2021  ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭންކްތަކުގެ ޖުމްލަ އެސެޓް ވަނީ 79.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އަދި މިއީ 2020 ވަނަ އަަހަރު ނިމުނުއިރު ބޭންކްތަކުގެ އެސެޓްހުރި 64.2 ބިލިއަން ރުފިޔާއާ އަޅާ ބަލާނަމަ 23 ޕަސެންޓް އިތުރު އަދަދެއް ކަަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި ބޭންކްތަކުގެ ޑިޕޮސިޓް ވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ބޭރު ފައިސާގެ ޖަމާ 26 ޕަސެންޓް އިތުރުވެ ދިވެހި ފައިސާގެ ޑިޕޮސިޓް ވަނީ 29 ޕަސެންޓް އިތުރުވެފައެވެ.

އަދި ޖުމްލަ ޑިޕޮސިޓް ވަނީ 27 ޕަސެންޓް އިތުރުވެ 52.6 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ހަމައެހެންމެ ބޭންކްތަކުގެ ޕްރޮފިޓް ވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ބޭންކުތަކުގެއެސެޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައި ވާއިރު 2019 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް19ގެ އާލަމީ ވަބާ އަށްފަހު ރާއްޖޭގެ އިޤްތިޞާދުވެސް އަންނަނީ އަލުން އާރާސްތު ވަމުން ކަމަށް ވޯލްޑްބޭންކާއި އިޤްތިޞާދީ މާހިރުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް