ކަރެކްޝަންއިން ޕްރިޒަން އޮފިސަރުންގެ މަގާމަށް 180 މީހުން ހޯދަން އިއުލާނުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްއެމްސީ) އިން  ޕްރިޒަން އޮފިސަރުންގެ މަޤާމަށް 180 މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ. މި މަގާމުގެ ފެންވަރު ނުވަތަ ޝަރުތެއް ކަމަށް ބަޔާންކޮށްފައި ވަނީ، މަގާމުގެ މަސަ...

06 May 2022 | 10:41

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްއެމްސީ) އިން  ޕްރިޒަން އޮފިސަރުންގެ މަޤާމަށް 180 މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

މި މަގާމުގެ ފެންވަރު ނުވަތަ ޝަރުތެއް ކަމަށް ބަޔާންކޮށްފައި ވަނީ، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު

ސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައި ވުން ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި ވުން ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން މީލާދީ ގޮތުން 18 އަހަރު ފުރި، 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން ކަމަށާއި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން ހިމެނޭ ކަމަށް އެމްއެމްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މި މަޤާމުގެ މުސާރައަކީ 6,050 ރުފިޔާއެވެ. އަދި ހުވާ ކުރުމަށްފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާލިބޭނެ ކަމަށް އެމްއެމްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ނޮން-ޕްރެކްޓިސް އެލަވަންސްއަކީ އަސާސީ މުސާރައިގެ 45 ޕަސެންޓު ކަމަށް ކަރެކްޝަންގެ އިއުލާނުގައި ހާމަަކޮށްފައި ވެއެވެ.

މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު، މި މަހުގެ 26 ވާ ބުރާސްފަތި ދުވަހާއި ހަމައަށް [email protected] އަށް އީމެއިލް ކުރުމަށް ކަރެކްޝަނުން އެދިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް