ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓްވިޓާއަށް އަލަށް ވަދެ ވަޑައިގެން ކުރައްވަމުންގެންދަވާ ޓްވީޓްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުން އެބަދެއެވެ.
އެގޮތުން އެމަނިކުފާނުގެ ޓްވީޓްތަކަށް އެންމެ ބޮޑަށް ފާޑު އަމާޒުވަމުންދަނީ އެމަނިކުފާނު އެންމެ ފަހުން ކުރެއްވި ދެ ޓްވީޓްގައި ބޭނުންކޮށްފައިވާ އިނގިރޭސި ބަސްތަކުގެ މޮޅުކަމުންނެވެ. އެ ބަސްތަކުގެ މޮޅުކަމުން ޑިކްސަނަރީއެއް އޮތް ތާކުން ހޯދައި، އެ ބުނާ ބަސްތަކުގެ މާނަ ހޯދައިގެން ނޫނީ އެ ބުނާ އެއްޗެއް ފަހުމުނުވާހާ އެ ޓްވީޓްތައް އިނގިރޭސި ކަމަށް ޓްވިޓާގައި އެކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން އެކަމަށް ފާޑުކިޔާފައިވާ އެކަކު ބުނެފައިވަނީ ދިވެހިންނަށް އަދި ބިދޭސީންނަށްވެސް ރައީސް ޔާމީން އެ ވިދާޅުވާ އެއްޗެއް ފަހުމްކުރަން ދަތިވާނެ ކަމަށާއި އާދައިގެ ބަސްކޮށާރެއް ބޭނުންކޮށް، އާންމުންނަށް ފަސޭހައިން ދޭހަވާނެފަދައިން މެސެޖު ލިޔުއްވުން އެދޭކަމަށެވެ. އަދި ދިވެހިންނާ މުހާތަބުކުރާއިރު ދިވެހި ބަހަށް އިސްކަންދިނުން ރަނގަޅުވާނެ ކަމަށެވެ.
https://twitter.com/prz_ymn/status/1522234229228146688
އެހެންމީހަކު ބުނެފައިވަނީ ރައީސް ޔާމީންގެ ޓްވީޓްތައް އެ ކުރައްވަނީ ވެރިކަން ގެއްލުމުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޓްވީޓްކުރެއްވިފަދަ މޭރުމަކުން "ފްލޮރިޑް ލޭންގުއޭޖް" ބޭނުންފުޅުކުރައްވައިގެން ކަމަށެވެ.
https://twitter.com/prz_ymn/status/1522499276282077184
ރައީސް ޔާމީންގެ ޓްވީޓްތަކުގެ އިނގިރޭސިކަން ގަދަކަމުން ގިނަބަޔަކު ފާޑުކިޔަމުން އަންނައިރު އެމަނިކުފާނު ޓްވިޓާއަށް ވަދެވަޑައިގެންނެވީ މީގެ ދެ ދުވަސް ކުރިންނެވެ. އެންމެ ފުރަތަމަ ޓްވީޓްގައިިވެސް ވިދާޅުވެފައިވަނީ ދިވެއްސަކަށް ވީތީ ފަހުރުވެރިވެވަޑައިގަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް