މިރޭގެ ހާދިސާގައި އަނިޔާވި ސިފައިންގެ ހާލު ރަނގަޅު: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސް ހަމަލާގައި އަނިޔާވި ސިފައިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ހަމަލާ ދިން އިރު ނަޝ...

06 May 2021 | 18:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސް ހަމަލާގައި އަނިޔާވި ސިފައިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ހަމަލާ ދިން އިރު ނަޝީދުގެ ސެކިއުރިޓީންގެ ގޮތުގައި ތިބި ތިން ސިފައިންގެ މީހަކަށް އަނިޔާވި ކަމަށެވެ.

އެ ސިފައިންގެ މީހުންގެ ތެރެއިން، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންދެވުނު ސިފައިންގެ މީހާ ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭނާ އައިޖީއެމްއެޗް އަށް ގެންދެވުނީ ކަންފަތަށް ދަތުވާތީއެވެ.

އޭޑީކޭ އަަށް ގެންދެވުނު ތިން ސިފައިންނަށް، އެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި މި ދެ ސިފައިންގެ ހާލުވެސް ރަނގަޅެވެ.

މި ދެ ސިފައިންގެ ހަށިގަނޑަށް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ނަމަވެސް އަނިޔާގެ ތަފްސީލު ހާމައެއް ނުކުރައްވައެވެ.

މިރޭގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އަދި ސިފައިންގެ އެލާޓް ލެވެލް ވެސް ވަނީ މަތިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް