ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޓެރަރިސް ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
ނަޝީދުގެ އާއިލީގެ ގ.ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގު ކައިރިން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް އެއްޗެއް ގޮއްވާލާފައިވަނީ ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ނަޝީދުގެ އިތުރުން ޓޫރިސްޓަކަށާއި އިތުރު ތިން ދިވެހިންނަށް އަނިޔާވެފައިވެ އެވެ.
https://twitter.com/ADKHospital/status/1390362417171812352
https://twitter.com/ADKHospital/status/1390393916701102084
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް