ކޮވިޑުގައި ނައިފަރުން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް އަންހެނެކެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ނައިފަރު ހޮސްޕިޓަލުގެ ސީނިއަރ އެޑްމިން އޮފިސަރު އަބްދުލް ވާހިދު މުހައްމަދު ވިދާޅުވީ ދެވަނަ މީހަކު ނިޔާވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށާއި މިއަދު މެންދުރު ކޮވިޑު ޓެސްޓެއް ހެދި ކަމަށެވެ. ނަތީޖާ ލިބުނު އިރު ޕޮޒިޓިވް ކަމަށެވެ.
ކޮވިޑުގައި މި 24 ގަޑިއިރުގެ ތެރޭގައި ފަސްވަނަ މީހަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ. ރާއްޖޭގައި ކޮވިޑުގެ އަދަދު ދުވަހަކު ނުދާހާ މައްޗަށް މިވަނީ ގޮސްފައެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑްގައި ނިޔާވި79 ވަނަ މީހާއެވެ.
ކޮވިޑް ޖެހިގެން މިއަދު ނިޔާވި ހަތަރުވަނަ މީހާ އަކީ 80 އަހަރުގެ މީހެކެވެ.މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 78ކަށް އަރާފައެވެ.
މިދިޔަ 24 ގަޑީރުރެ ތެރޭގައި ނިޔާވި ތިންވަނަ މީހާއަކީ އއ. ރަސްދޫއިން ނިޔާވި މީހެކެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށެވެ. އޭނާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވުމުން ކަރަންޓީނުގައި، ގެސްޓްހައުސްއެއްގައި ހުއްޓާކަމުގައި ރަސްދޫ ރައީސް ވިދާޅުވިއެވެ.
މިދިޔަ 24 ގަޑީރުރެ ތެރޭގައި ނިޔާވި ދެވަނަ މީހާއަކީ ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިޔަ، އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދު 24 ގަޑީރުތެރޭ ފުރަތަމަ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 75 ވަނަ މީހާއެވެ.
އެޗްއީއޯސީއިން ބުނެފައި ވަނީ، މި މީހާ ނިޔާވެފައި ވަނީ ރޭފަތިހު 03:18 ހާއިރު ކަަމަށެވެ. އެއީ77 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްއީއޯސީއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، ރާއްޖެއިން މިއަދު 703 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއީ ރާއްޖެއިން ފޮޒިޓިވް ވި މީހުން700 އަށް އެރި ދެވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް