މިއަދުގެ ހަތަރުވަނަ މަރު: ކޮވިޑް ޖެހިގެން 80 އަހަރުގެ މީހެއް ނިޔާވެއްޖެ

ކޮވިޑް ޖެހިގެން 80 އަހަރުގެ މީހެއް ނިޔާވެއްޖެއެވެ. މިއީ ކޮވިޑް ޖެހިގެން މިއަދު ނިޔާވި ހަތަރުވަނަ މީހާއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 78ކަށް އަރާފައެވެ. މި...

06 May 2021 | 17:40

ކޮވިޑް ޖެހިގެން 80 އަހަރުގެ މީހެއް ނިޔާވެއްޖެއެވެ.

މިއީ ކޮވިޑް ޖެހިގެން މިއަދު ނިޔާވި ހަތަރުވަނަ މީހާއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 78ކަށް އަރާފައެވެ.

މިދިޔަ 24 ގަޑީރުރެ ތެރޭގައި ނިޔާވި ތިންވަނަ މީހާއަކީ އއ. ރަސްދޫއިން ނިޔާވި މީހެކެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށެވެ. އޭނާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވުމުން ކަރަންޓީނުގައި، ގެސްޓްހައުސްއެއްގައި ހުއްޓާކަމުގައި ރަސްދޫ ރައީސް ވިދާޅުވިއެވެ.

މިދިޔަ 24 ގަޑީރުރެ ތެރޭގައި ނިޔާވި ދެވަނަ މީހާއަކީ ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިޔަ، އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ފުރަތަމަ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 75 ވަނަ މީހާއެވެ.

އެޗްއީއޯސީއިން ބުނެފައި ވަނީ، މި މީހާ ނިޔާވެފައި ވަނީ ރޭފަތިހު 03:18 ހާއިރު ކަަމަށެވެ. އެއީ77 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްއީއޯސީއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، ރާއްޖެއިން މިއަދު 703 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއީ ރާއްޖެއިން ފޮޒިޓިވް ވި މީހުން700 އަށް އެރި ދެވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް