ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ގިނަ ބަޔަކު ދަނީ ކުށްވެރިކުރަމުން

ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނިރުބަވެރި ހަމަލާ ގިނަ ބަޔަކު ކުށްވެރިކުރަމުން އެބަ ދެއެވެ. މި ގޮތުން، ސިޔާސީ ޕާޓީތަކާއި، ކުރީގެ ރައީސުންނ...

06 May 2021 | 17:33

ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނިރުބަވެރި ހަމަލާ ގިނަ ބަޔަކު ކުށްވެރިކުރަމުން އެބަ ދެއެވެ.

މި ގޮތުން، ސިޔާސީ ޕާޓީތަކާއި، ކުރީގެ ރައީސުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ކެބިނެޓް ވަޒީރުންނާއި، ބޭރު ގައުމުގެ އިސްވެރިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ދަނީ މިކަން ކުށްވެރިކުރަމުންނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެއްޗެއް ގޮވުމާ އެކު ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށެވެ. އޭރު ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނީ ކަމަށާއި އެއްޗެއް ގޮވުމާ އެކު ކައިރި ބައެއް ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށް ބައެއް މީހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ރައީސް ނަޝީދުގެ މޫނުފުޅަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިވަޑައިގަތަސް ފުރާނައަށް ނުރައްކާ ވާ ވަރުގެ އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވައެވެ. އެކަމަކު މި ހަމަލާގައި އެހެން ހަތަރު މީހަކު ވަނީ ޒަހަމްވެފައި. ނަޝީދު މި ވަގުތު އޮތީ އޭޑީކޭގައެވެ.

އިތުރު ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް