ނަޝީދަށް ދެވުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް ސޯލިހް

އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދެވުނު ހަމަލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ. ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ...

06 May 2021 | 17:30

އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދެވުނު ހަމަލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި، ރައީސް މުހައްމަދު ނަޝިދަށް ލިބުނު އަނިޔާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން، އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުން" ރައީސް ސޯލިހް ވިދާޅުވިއެވެ.

https://twitter.com/ibusolih/status/1390355791614418947

މިރޭ ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވަނީ އެމަނިކުފާނު ގެއިން ނިކުމެ ކާރަށް އަރާވަޑައިގަންނަވަން ދަނިކޮށެވެ. އެ ވަގުތު އެއްޗެއް ގޮއްވާލުމުން، ރައީސް ނަޝީދުގެ އިތުރުން އިތުރު ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު ގިނަ ބބަޔަކު އަންނަނީ އޭޑީކޭ ސަރަހައްދަށް އެއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް