ރާއްޖެއިން މިއަދު 703 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ކޮވިޑްގެ އަދަދު 700 އަށް ވުރެ މަތިވި ދެވަނަ ދުވަހެވެ.
އެޗްއީއޯސީން ބުނެފައިވާގޮތުގައި މާލެއިން އެކަނި 526 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި އަތޮޅުތަކުން 167 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 33،368 އަށް އަރާފައެވެ. އަދި މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ކުރަމުންދާ 7،607 މީހުން އެބަ ތިއްބެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް25،675 މީހުން ރަނގަޅުވެފައި ވާއިރު،203 މީހަކަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް