ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ސަބަބުން އަނިޔާވެ އޭޑީކޭގައި ފަރިވާ ދެމުންދާ މި ދަނޑިވަޅުގައި އޭޑީކޭ ސަރަހައްދަށް އެއްވެތިބި މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަމަރުކޮށްފިއެވެ.
ފުލުހުންގެ މި އަމުރާއެކު އެސަރަހައްދުގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ އެކަމަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.
ފުލުހުން ވަނީ އޭޑީކޭ ސަރަހައްދަށް އެވި ތިބި ފަރާތްތަކަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެދިފައެވެ. އަދި އެގޮތަށް ފުލުހުން އެދިފައިވަނީ އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެސަރަހައްދަށް ވަނީ އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޕޮލިސް ކޮމިޝަނަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް