މިރޭ މާލޭގައި އެއްޗެއް ގޮވި ހާދިސާގައި އަނިޔާވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އޭޑީކޭގައި ފަރުވާދެމުން ދާއިރު، މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އޭޑީކޭއަށް ވަޑައިގެންފިއެވެ.
ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ އެމަނިކުފާނު ގެކޮޅު ގ. ކެނެރީގޭ ކައިރީގައި ކާރު އޮއްވަ އަރާވަޑައިގެންނަވަނިކޮށެވެ.
މި ހާދިސާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ގައި ރައީސް ނަޝީދަށް ފަރުވާދެމުން ދާއިރު، އެމަނިކުފާނަށް ލިބިވަޑައިގެންފަވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ކެނެރިގޭ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރައީސް ނަޝީދަށް އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދެމުން އަންނަ އިރު ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ހާދިސާގައި އިތުރު މީހަކަށްވެސް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދެން އަނިޔާވެފައިވަނީ ބިދޭސީއެކެވެ. އޭނާގެ ފައި ވަރަށް ބޮޑަށް ފިހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރު ދުއް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގޮއްވާލީ ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް