މިރޭގެ ގޮވުމާ ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފި

މިރޭގެ ގޮވުމާ ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަ...

06 May 2021 | 17:12

މިރޭގެ ގޮވުމާ ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާ، ގިނަ ފަރާތްތަކަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އޭގެތެރޭގައި އެމްޑީޕީ އަދި ވެރިކަން ކުރާ ޕާޓީގެ ކޯލިޝަންގެ ބޭފުޅުންގެ އިތުރުން، ޕީޕީއެމް އަދި ޕީއެންސީ ވެސް ހިމެނެއެވެ.

މި ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ވަނީ އޭޑީކޭއަށް ގެންދެވި، ފަރުވާދެމުންދެވެ. އަދި ގިނަ ފަރާތްތަކަކުން ވަނީ އޭޑީކޭއަށް ގޮސްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް