ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް އަނިޔާވެއްޖެ އެވެ. އެމަނިކުފާނުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފަ...

06 May 2021 | 15:54

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް އަނިޔާވެއްޖެ އެވެ.

އެމަނިކުފާނުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ އެމަނިކުފާނު ގެކޮޅު ގ. ކެނެރީގޭ ކައިރީގައި ކާރު އޮއްވަ އަރާވަޑައިގެންނަވަނިކޮށެވެ. މި ހާދިސާ އާއި ގުޅިގެން ފަރުވާއަށް ނަޝިދު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެކަމަކު އެމަނިކުފާނަށް ލިބިވަޑައިގެންފަވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ކެނެރިގޭ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދެމުން އަންނަ އިރު ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ހާދިސާގައި އިތުރު މީހަކަށްވެސް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދެން އަނިޔާވެފައިވަނީ ބިދޭސީއެކެވެ. އޭނާގެ ފައި ވަރަށް ބޮޑަށް ފިހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މަންޒަރު ދުއް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގޮއްވާލީ ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް