މާލެ ސަރަހައްދުގައި ޖިމްތަކާ ކަސްރަތު ކުލާސްތަކާ ސިނަމާތަކާ ސެލޫންތަކާ ބަންދުކުރަން އަންގައިފި

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖިމްތަކާ ކަސްރަތު ކުލާސްތަކާ ސިނަމާތަކާ ސެލޫންތައް މާދަމައިން ފެށިގެން ބަންދުކުރަން އަންގައިފިއެވެ. މިކަން އަންގާފައިވަނީ ޑިރެކްޓަރ ޖެނ...

06 May 2021 | 10:18

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖިމްތަކާ ކަސްރަތު ކުލާސްތަކާ ސިނަމާތަކާ ސެލޫންތައް މާދަމައިން ފެށިގެން ބަންދުކުރަން އަންގައިފިއެވެ.

މިކަން އަންގާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައެވެ.

އެ އެންގުމުގައި ބުނެފައިވަނީ 07 މެއި (މާދަމާ) އިން ފެށިގެން ވަކިގޮތެއް އަންގަންދެން މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރަން އަންގާކަމަށެވެ.

މިހެން ނިންމި ނަމަވެސް ޑީޖީ މައިމޫނާ ކަނޑައަޅުއްވާ ހާއްސަ ހާލަތްތކުގައި އެކަމާ އަންގާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް