ރޭގަނޑު ނުވައެއްގެ ފަހުން ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށްފި

ކޯވިޑް-19 އާއި ގުޅިގެން މިރެއިން ފެށިގެން މާލޭގައި ކާފިއު ހިންގަން ފަށާތީ ކާބޯތަކެތީގެ ހިދުމަތް ދޭތަންތަނާއި ވިޔަފާރި ކުރާ ތަންތަން ހުޅުވައިގެން ހިދުމަތް ދޭ ގަނޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ...

06 May 2021 | 10:16

ކޯވިޑް-19 އާއި ގުޅިގެން މިރެއިން ފެށިގެން މާލޭގައި ކާފިއު ހިންގަން ފަށާތީ ކާބޯތަކެތީގެ ހިދުމަތް ދޭތަންތަނާއި ވިޔަފާރި ކުރާ ތަންތަން ހުޅުވައިގެން ހިދުމަތް ދޭ ގަނޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރަން މިރެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ރެއަކު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައިވާތީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު އަށަކުން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:00 އިން 00:00 އަށް ފުލުހުންގެ ހުއްދަ އާއެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ބުންޏެވެ.

އެ މުއްދަތުގައި ސައިހޮޓާ. ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ ތަންތަންް އާންމުންނަށް ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށާއި މެއި 12 ގެ ނިޔަލަށް ފުލުހުން ގެ ހުއްދަ އާއެކު މެންދަމު ތިނެއް ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ ފިހާރަތަކައި ރެސްޓޯރެންޓު، ކެފޭތަކުން ހިދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބައަވުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް