ޒަކާތް ދައްކާ އަދަދު ވަރަށް މަދު، ފަހު ވަގުތަށް މަޑުނުކުރަން އިލްތިމާސްކޮށްފި

ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު ވަރަށް މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޑރ. ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއ...

06 May 2021 | 10:06

ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު ވަރަށް މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު ވަރަށް މަދު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފަހު ވަގުތަށް މަޑުނުކުރައްވާ، ފިތުރު ޒަކާތް އަވަހަށް ދެއްކުމަށް ސަމާލުވުން މުހިއްމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ ގޮވާމާއި ފައިސާއިން ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ގޮވާމުން ޒަކާތް ބަލައިގެންނަމުން ދަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ރޭގަނޑު އެވެ. ފައިސާއިން ޒިތުރު ޒަކާތް ބަލައިގެންނަމުންދަނީ އޮންލައިންކޮށް، ދިރާގު، އުރީދޫ، ބީއެމްއެލް، އެމްއައިބީ މެދުވެރިކޮށެވެ.

މިއަހަރު ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންނަމުންދަނީ ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ ގޮވާމެވެ. ފައިސާއިން ޒަކާތް ދައްކާ މީހުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ ރަށެއްގައި 2.4 ކިލޯގެ ގޮވާމަށްވާ ފައިސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް